logologologologo
STO
ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 19

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެކުރަން އުޅުނު 2 މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މި 2 މީހުން އަތުލައިގެންފައި ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ދިރުވާލައިގެން އެމީހުން އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި 51.6 ގްރާމް މޯފިން، 424 ގްރާމް ކޮކެއިން، 708.2 ގްރާމް ހެރޮއިން ހިމެނޭ ކަމަށެވެ.

މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1183.8 ގްރާމް ( އެއް ކިލޯ އެއް ސަތޭކަ އަށްޑިހަ ތިނެއް ޕޮއިންޓް އަށެއް ގްރާމް) ހުރި ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ދިރުވާލައިގެން އެތެރެ ކުރަން އެ ދެ މީހުން އުޅުނީ 142 ބުލެޓް ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

މި ތަކެތި ފެނުނީ ތައިލެންޑުން ރާއްޖެއައި ނޭޕާލް 2 މީހުންގެ އަތުންނެވެ.

މި ތަކެތި ފެނުނީ އެ 2 މީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސްގެ އޮފިސަރުން އެ މީހުންނާ ސުވާލުކޮށް އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް