ޚަބަރު
ޕޯސްޓް މެދުވެރިކޮށް ގެނައި ޕާރުސަލަކުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ

ޒައުޖަތު އަޙުމަދު2026 އޯގަސްޓު 17
ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސޓަމްސް ސާވިސްއިން ބުނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ 15 އޮގަސްޓް 2026 ވަނަ ދުވަހު ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގެންފައި ވަނީ 3252 ( ތިން ކިލޯ ދުއިސައްތަ ފަންސާސް ދެ ގުރާމް) ގެ ކެނަބިސް ކަމަށެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައި ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރަމުން ދިޔައިރު، އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް، ކަސްޓަމްސްއަށް ޝައްކު ކުރެވިގެން އިތުރަށް ޗެކް ކުރުމުގެ ތެރޭގައި ކަމަށެވެ.
އިތުރަށް
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
19 އޮކްޓޯބަރު 2026

އަބުޗާ އަލުން ހައްޔަރުކޮށް ޕެރޯލް ބޯޑުގެ 6 މެމްބަރުން ވަކިކުރަން ނިންމައިފި
6 އޮކްޓޯބަރު 2026

އޮޅުވާލައިގެން އެތެރެކުރި 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
29 ސެޕްޓެމްބަރު 2026

ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިއްޖެ
12 އޯގަސްޓު 2026

.gif.gif&w=828&q=100)