logologologologo
STO
ޚަބަރު

އޮޅުވާލައިގެން އެތެރެކުރި 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

އޮޅުވާލައިގެން އެތެރެކުރި 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 29

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން އޮޅުވާލައިގެން އެތެރެކުރަން އުޅުނު 8.5 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ 27 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އާންމު މުދާ ނުވަތަ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ސިނގިރޭޓުތައް ފެނިފައިވަނީ ކާގޯގެ ތެރޭގައި ރޭވުންތެރިކަމާއެކު ފޮރުވާފައި ހުންނުވަނިކޮށެވެ.

މި އޮޕަރޭޝަނުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޖުމްލަ 8,527,480 ސިނގިރޭޓު ސްޓިކެވެ. މިއީ 42,000 އަށްވުރެ ގިނަ ކާޓަން ނުވަތަ 426,374 ފޮށި ސިނގިރޭޓެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ދުންފަތުގެ ބާވަތްތަކަކީ ރާއްޖެއަށް އެތެރެކުރުމުގައި ބޮޑު އިމްޕޯޓް ޑިއުޓީއެއް ނަގަމުންދާ ބާވަތްތަކެކެވެ. އެގޮތުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައިވާ ގޮތުން، އެތެރެކުރާ ކޮންމެ ސިނގިރޭޓު ސްޓިކަކުން 4 ރުފިޔާގެ ޑިއުޓީއެއް ނަގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް