ޚަބަރު
ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިއްޖެ

ޒައުޖަތު އަޙުމަދު2026 އޯގަސްޓު 12
ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިއްޖެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގަނެފައި ވަނީ 2026 އޮގަސްޓް 05 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އޭނާ ގެނެސްފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވަ ކެނަބިސް ކަމަށާއި މިތަކެތީގެ ބަރުދަނުގައި ޖުމްލަ 450 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އިތުރަށް
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
19 އޮކްޓޯބަރު 2026

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން 2 ދިވެއްސަކު ހައްޔަރުކޮށްފި
7 އޮކްޓޯބަރު 2026

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ 2 ބިދޭސީން ހައްޔަރުކޮށްފި
4 އޮކްޓޯބަރު 2026
މަސްތުވާތަކެތީގެ ދެ މައްސަލައެއް ސާބިތުވެ ދިވެހި ޒުވާނަކު 50 އަހަަރަށް ޖަލަށް
4 އޮކްޓޯބަރު 2026

.gif.gif&w=828&q=100)