ޚަބަރު
އެއް ކިލޯއަށްވުރެ ގިނަ ކޮކެއިން ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ޒައުޖަތު އަޙުމަދު2026 އޯގަސްޓު 05
އެއް ކިލޯއަށްވުރެ ގިނަ ކޮކެއިން ދިރުވާލައިގެން އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އެ މީހާ އަތުލައިގަތީ 19 ޖުލައި 2026 ގައި ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި އެ މީހާ ދިރުވާލައިގެން އެތެރެ ކުރަން އުޅުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންގެ 66 ބުލެޓެވެ.
އެތަކެތީގެ ބަރުދަނުގައި 1180 ގުރާމް (އެއް ކިލޯ އެއް ސަތޭކަ އަށްޑިހަ ގުރާމް) ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މި ތަކެތީގެ މަގުމަތީގެ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި މީހާ އަތުލައިގެންފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
މަސްތުވާތަކެއްޗާއެކު އަތުލައިގަތީ ކޮން ޤައުމެއްގެ މީހެއް ކަމެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.
އިތުރަށް
ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި
19 އޮކްޓޯބަރު 2026

އަބުޗާ އަލުން ހައްޔަރުކޮށް ޕެރޯލް ބޯޑުގެ 6 މެމްބަރުން ވަކިކުރަން ނިންމައިފި
6 އޮކްޓޯބަރު 2026

އޮޅުވާލައިގެން އެތެރެކުރި 8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
29 ސެޕްޓެމްބަރު 2026

އެހެން މީހެއްގެ ފާސް އަޅައިގެން އެއާޕޯޓަށް ވަންނަން އުޅުނު އިންޑިއާ މީހަކު ހައްޔަރުކޮށްފި
25 އޯގަސްޓު 2026

.gif.gif&w=828&q=100)