ސަރުކާރުގެ ޓެކްސީ ލައިނުގެ ޚިދުމަތް ރޯދަ މަސް ނިމުމުގެ ކުރިން ފަށަނީ

ރޯދަ މަސް ނިމުމުގެ ކުރިން ޓެކްސީލައިންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތް ފެށުމަށް ތައްޔާރު ކުރާ ޓެކްސީތައް ރާއްޖޭގެ މާޙައުލާއި ގުޅޭނެހެން ބަދަލުތަކެއް ގެނެސް ނިމިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ މާހައުލާއި ގުޅޭ ގޮތަށް 3 މޮޑެލްއެއްގެ ޓެކްސީ ތައްޔާރުކުރެވި ދެ ބެޗެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން އެއް ބެޗު ގެންނަނީ ތައިލޭންޑުން ކަމަށާއި އެ ޤައުމުން އެ މޮޑެލްގެ 60 ކާރު ގެންނައިރު، ބާކީ 2 މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިމަހުގެ 11 ވަނަ ދުވަހު އެއްބެޗު މާލެ އަންނާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީލައިން ޚިދުމަތަށް 150 ކާރު ގެނައުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީލައިން ޤާއިމްކުރުމަށް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިއީ، ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމަށާއި، ޒަމާނީ ޓެކްސީ ޚިދުމަތެއް ތަޢާރަފްކޮށް މިހާރު ދެމުންދާ ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރު އެޅުމަށް ސަރުކާރުން ތަޢާރަފް ކުރާ ޚިދުމަތެކެވެ.
އިތުރަށް





.gif.gif&w=828&q=100)
