ދިވެހީންގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ: ވަޒީރު އަމީން

ދިވެހީންގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިފަދައިން ވިދާޅުވެފައި މިވަނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގަން އެ ޤައުމުގެ އެހީތެރިކަމަށް އެދި ދިވެހި ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެ އިންޑިއާގެ ނޫހެއް ކަމުގައިވާ "ދަ ހިންދޫ" ގައި ރިޕޯޓްކޮށްފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.
މި ޚަބަރާއި ގުޅިގެން ސަރުކާރަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށާއި އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ ޒަމާނުގައި ބިނާކުރި ހަނިމާދޫ އެއާޕޯޓް ފަހުން އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފައި ވަނިކޮށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހަނިމާދޫ އެއާޕޯޓް އިތުރަށް ތަރައްޤީކުރަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
މި އެއާޕޯޓު ތަރައްޤީ ކުރީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ޖުމްލަ 136 މިލިއަން ޑޮލަރު ޚަރަދު ވި މި މަޝްރޫޢު ނިންމާ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އަލުން ހުޅުވީ 9 ނޮވެމްބަރު 2025 ގައެވެ.
އިތުރަށް





.gif.gif&w=828&q=100)
