ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތް ހަދައިފި

ރާއްޖެ އަންނަ އާގު ބޯޓުފަހަރަށް 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތް ހަދައިފިއެވެ.
މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެއް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި މިއީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިބަދަލާއިއެކު ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވާ، އެކި ދާއިރާތަކުން ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުންފިލުއްވާ އެކަންކަމަށް ލުއި ގޮތްތަކެއް ހޯއްދަވާދެއްވަމުންނެވެ. އެގޮތުން ގާތްގަނޑަކަށް ސާޅީހަކަށް އަހަރުފަހުން ވިޔަފާރި ބަނދަރުގެ އުސޫލަށް މި ގެންނެވި ބަދަލަކީ ފާހަގަ ކުރެވޭ މުހިއްމު ބަދަލެކެވެ.
އިތުރަށް





.gif.gif&w=828&q=100)
