logologologologo
STO
ޚަބަރު

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްޢާން ޢައްޔަނުކޮށްފި

 އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ލަމްޢާން ޢައްޔަނުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 01

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުކަމުގެ މަޤާމަށް މުޙައްމަދު ލަމްޢާން ޢައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީސީބީން ލަމްޢާން އެމަޤާމަށް ޢައްޔަނު ކޮށްފައިވަނީ އެމަޤާމު ފުރުއްވަމުންގެންދެވި އިބްރާހިމް ޒިޔަތު އެމަޤާމުން ވަކިކުރުމަށްފަހުގައެވެ.

ޕީސީބީން މިއަދު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެމްބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، 01 މެއި 2026 އިން ފެށިގެން ވަނި އައްޔަނުކޮށްފައިވާ ކަމަށެވެ.

ލަމްޢާން އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.

ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ލަމްޢާންވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ޙާޞިލުކުރައްވާފައެވެ.

MALDIVE GASAllied Insurance
އިތުރަށް