އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު ޢައްޔަނުކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބޭފުޅަކު ޢައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ބުނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 4289، އަލްފާޟިލް ޙާރިޘް މުޙައްމަދު، 28 ޖުލައި 2026 ގައި އައްޔަނުކޮށްފައިވާ ކަމަށެވެ.
ޙާރިޘް މުޙައްމަދަކީ ވައިގެ ދަތުރުފަތުރާއި، ފަތުރުވެރިކަމާއި، މާކެޓިންގ، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކުން 30 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފަންނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ، މެނޭޖްމަންޓް ކޮންސަލްޓަންޓެކެވެ.
އޭނާގެ ވަޒީފާގެ ޙަޔާތުގައި އަދާކުރައްވާފައިވާ އިސް މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އެކްޓިންގ މެނޭޖިންގ ޑައިރެކްޓަރުކަމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޖެނެރަލް މެނޭޖަރުކަން ހިމެނެއެވެ.
ތަޢުލީމީ ގޮތުން ބަލާއިރު، ޙާރިޘް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. މީގެ އިތުރުން، އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިންގ (CIM) އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓް (CMI) ގެ ފެލޯޝިޕް ލިބިވަޑައިގެންފައިވާ ފަރާތެކެވެ.
އިތުރަށް
.jpg&w=3840&q=100)




.gif.gif&w=828&q=100)