ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް: މިހާތަނަށް 498968 ގަސް އިންދައިފި

ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 498968 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު އިފްތިތާހް ކުރެވިގެންދިޔައީ މިއަހަރުގެ ތިމާވެށީ ދުވަހުއެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގައުމީ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ރަށްރަށުގެ ކައުންސިލްތަކާއި ރިސޯޓުތަކާއި ސްކޫލްތަކާ އަދި އަމިއްލަ ޖަމިއްޔާތަކާއި، ކުންފުނިތަކުން ހިންގި ހަރަކާތްތަކުގައި 498968 ގަސް އިންދާފައިވާ ކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތައް ބަލަން ވަކި ޔުނިޓެއް ގާއިމްކުރަންވެސް މިހާރު ވަނީ ނިންމާފައެވެ. އެގޮތުން އިންދާ ގަސްތައް ރަނގަޅަށް ބަލަހައްޓައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ގަސްތައް ހެދެނީ ކިހިނެއްތޯ، ގަހަށް ޖެހެނީ ކޮންކަހަލަ ބައްޔެއްތޯ ގަހަށް ދިމާވާ ކަންތައްތައް ބެލުމަށް މީހުން އަހުލުވެރިކުރުވަން ޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތް ކުރެވޭނީ ގުދުރަތީ ވަސީލަތްތައްވެސް ބޭނުންކޮށްގެން ކަމަށް ތިމާވެއްތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިތުރަށް




.gif.gif&w=828&q=100)