logologologologo
STO
ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި!

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ޝަރީޢަތް ނިމެންދެން ބަންދުކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 އޭޕްރީލު 06

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ޝަރީޢަތް ނިމެންދެން ކުރިމިނަލް ކޯޓުން ބަނދުކޮށްފިއެވެ.

ޝަމްޢާންގެ ބަންދަށް ކުރިމިނަލް ކޯޓުން ފުރަތަމަ ޖަހާފައިވަނީ 15 ދުވަހެވެ. ނަމަވެސް އެ މުއްދަތު ހަމަވުމުން މިއަދު މިވަނީ އޭނާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިންގި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް މި މަހުގެ 20 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާނު ވަޙީދު ވަނީ ހަމައެރޭ މަޤާމުން ވަކިކޮށްފައެވެ.

ޝަމްޢާނުގެ އިތުރުން އިމިގްރޭޝަންގެ އޮފިސަރުންތަކެއްގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުޙުމަތާ ގުޅިގެން ތަޙުޤީޤު ފުލުހުން ފަށާފައިވާއިރު، ފުލުހުން މިމަހުގެ 21 ވަނަ ދުވަހުގެރޭ ނެރުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޑިޓެންޝަނުގައި ހުރި މީހަކު 530،000 ދިވެހި ރުފިޔާއާއެކު، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާނުގެ އަމުރަށް ދޫކޮށްލިކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ.

އަދި ފަހުން މަގުމަތިން ބައްދަލުކުރުމަށްފަހު އެމީހާގެ އަތުން އެ ފައިސާ އަތުލުމަށްފަހު އިމިގްރޭޝަންގެ އޮފިސަރުންތަކެއް އެ ފައިސާތައް ހިފައިގެން ޝަމްޢާނު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން، 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މުޙައްމަދު ޝަމްޢާނު ވަޙީދު ދިރިއުޅޭ ގެ ބަލާފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުން މުޙައްމަދު ޝަމްޢާނު ވަޙީދު ވަކިކޮށް އެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަޙުމަދު ފަޞީޙް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނު ކުރައްވައިފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް