މަސްތުވާތަކެތި ޓްރެފިކް ކުރި ޒުވާނަކަށް 12 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

މަސްތުވާތަކެތި ޓްރެފިކް ކުރިކަން ސާބިތުވި ޒުވާނަކަށް 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފިއެވެ.
ފުލުހުން ބުނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ސ. ފޭދޫ، ޝީރާޒީގެ، ޢަލީ ސާއިމް (32އ) 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.
މި އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އިއްވި މި ޙުކުމުގައި 50,000 (ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުޙުމަތުގައި ސާއިމް ހައްޔަރުކޮށްފައިވަނީ 2024 އޮގަސްޓް 19 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 އޮކްޓޫބަރު 16 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށްކުރަމުންދާ މަސައްކަތުގައި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްޞަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)
