ރާއްޖެއަށް 6 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައި އިންޑިއާ 2 މީހަކު ހައްޔަރުކޮށްފި
ރާއްޖެއަށް 6 ކިލޯގެ މަސްތުވާތަކެތި ހިފައިގެން އައި އިންޑިއާ 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާއަށް ނިސްބަތްވާ 2 ޒުވާނުން ކަމަށްވާ ކަތިވިރިލް މަނިވަރަން 21 އަހަރު އަދި ދަނޫޝްކާނަދަން ގޯޕާލް 19 އަހަރެވެ.
މި 2 މީހުން ބަލާފާސްކޮށްފައި ވަނީ އެއާޕޯޓުގައި އެ 2 މީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކު އުފެދިގެން ކަސްޓަމްސްއިން ބަލާފާސްކުރުމުގެ ތެރެއިންނެވެ. އެ މީހުންގެ ލަގެޖްގެ ތެރެއިން ފެނިފައި ވަނީ މަސްތުވާތަކެތި ހުރި ފުޅިތަކެކެވެ.
އެ ފުޅިތަކުގައި ހުރި އެއްޗެހި ތަޙުލީލު ކުރިއިރު އެތަކެތި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި ވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 6 ކިލޯ 7 ސަތޭކަ ގުރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
މި 2 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން އިއްޔެ ކުރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން އެ ކޯޓުން ވަނީ އެ 2 މީހުންގެ ބަންދަށް 6 ދުވަސް އިތުރުކޮށްދީފައެވެ. އަދި އެ މީހުން ވަނީ ޤާނޫނީ ވަކީލެއް ހޯދަން ބޭނުންވާ ކަމަށް ކޯޓުގައި ބުނެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް މި ސަރުކާރުން ގިން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
