ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ކަނޑުމަގުން އެތެރެކުރަން އުޅުނު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ 2026 ޖުލައި 23 ވަނަ ދުވަހު، ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށެވެ.
މި ތަކެތީގެ ބަރުދަނުގައި 3 ކިލޯ 110 ގްރާމް ހުރި ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ތަކެތީގެ މަގުމަތީ އަގު ޖުމްލަ 5.6 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރު ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
މި ތަކެތި އަތުލައިގެންފައި ވަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ.
މިމަހުގެ 18 ވަނަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ، ސ. ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ވައިގެމަގުން އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައެވެ. މި ތަކެތި އަތުލައިގަތީ އެ ދުވަހު އިންޑިއާއިން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުންނެވެ.
މީގެއިތުރުން ޖުލައި 19 ވަނަ ދުވަހު ވެސް ވައިގެމަގުން ރާއްޖެއަށް، ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިންމީހުން ހައްޔަރުކޮށްފައިވެއެވެ.
އިތުރަށް





.gif.gif&w=828&q=100)