logologologologo
STO
ޚަބަރު

ކަސްޓަމްސްގެ ޒިންމާތަކާ ގުޅޭގޮތުން ޝައްކު އުފެދޭގޮތަށް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި

ކަސްޓަމްސްގެ ޒިންމާތަކާ ގުޅޭގޮތުން ޝައްކު އުފެދޭގޮތަށް ވާހަކަ ނުފެތުރުމަށް އިލްތިމާސްކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 04

ކަސްޓަމްސްގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި ނުރަގަނޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރެއްވުމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން މިކަމަށް އިލްތިމާސް ކޮށްފައި މިވަނީ، އެ ކަސްޓަމްސްއިން އަދާކުރާ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށް ވާހަކަތަކެއް ދައުރު ކުރަމުން ދިއުމާއި ގުޅިގެންނެވެ.

 

View post on Twitter

 

ރާއްޖެއަށް އެތެރެ ކުރާ މުދަލާއި ފަސިންޖަރުންނާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާ މަތިކުރެވިފައިވާ ޒިންމާއެއް ކަމަށާއި މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން އަދި އުޅަނދުފަހަރު ބަލައި ފާސްކުރުމަށް އެ ސާރވިސްއާއި ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަސްޓަމްސް ބުނީ އެ އިދާރާއަށް ލިބޭ މަޢުލޫމާތާއި އެހެނިހެން ހޯދުންތަކަށް ރިޢާޔަތްކޮށް މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެނަމަ ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެ މަތީން، ބަލައި ފާސްކުރާ ކަމަށާ އެކަންކަން ތަންފީޒުކުރަނީ ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަށާއި ދިވެހި ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

އެ އިދާރާއިން ބުނީ، ދިވެހިރާއްޖޭގެ ބޯޑަރުގައި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ޤާނޫނާ ޤަވާއިދާ އުސޫލުތަކާއި އެއްގޮތަށް ކަސްޓަމްސްއިން ކުރަމުންދާނެ ކަމަށެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް