މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ކުރި މަސައްކަތް އިތުރުވެއްޖެކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ފަސް އަހަރަށްވުރެ މި ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް އިތުރުވެއްޖެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި އަޅާބަލާއިރު މިސަރުކާރުގެ 2 އަހަރާއި ބައިގެ މުއްދަތުގައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު ވަނީ އިތުރުވެފައެވެ.
2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް އަތުލައިގަނެފައިވަނީ 247 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. އަދި 2024 އިން މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އަތުލައިގަނެފައިވަނީ 324 ކިލޯގްރާމްގެ މަސްތުވާތަކެއްޗެވެ. އެހެންކަމުން މިއީ 77 ކިލޯގްރާމްގެ އިތުރުވުމެކެވެ.
2021 އިން 2023 ވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު ހުރީ 116 ގައެވެ. ނަމަވެސް 2024 އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މި އަދަދު ވަނީ 147 އަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %27 އިތުރުވުމެކެވެ.
މި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާ އެގޮތުން ސަޕްލައި ދަށްކުރުމަށް ކުރެވޭ މުހިންމު މަސައްކަތުގައި ބޮޑެތި ނަތީޖާތަކެއް ހޯދިފައިވާ ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުނަށް މަރުގެ އަދަބު ދޭގޮތަށް، 20 ވަނަ މަޖިލީހުން އިޞްލާޙްކުރި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަސްދީޤްކުރައްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)