logo
logo
ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

2025 އޭޕްރީލު 06
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ކ. ގުޅިގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ. 

ގުޅީ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ
(ރިޓަޔާޑް) އަހުމަދު ސައުދީ އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ރައްޔިތުންގެ އޮތް ބޯހިޔާވަހިކަމާއި އިގްތިސާދު ފުޅާކުރުމަށް އޮތް ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން،  10.15 ހެކްޓަރުގެ ބިމެއް ގުޅިއަށް އިތުރުވެގެންދާނެ އެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއ،ި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއ،ި 88 މީޓަރުގެ ގްރޮއިންސްޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއުއަކީ 89.63 މިލިއަން ރުފިޔާގެ އަގުހުރި މަޝްރޫއުއެކެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް