logo
logo
އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިއްޖެ

އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިއްޖެ

2025 މޭ 08
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ރ. އުނގޫފާރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ 68 އިންސައްތަ މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިހާރު ކުރިއަށް ވަނީ ރިވައިމެންޓް ޕްރޮފައިލިން މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ވެސް 26 އިންސައްތަ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އުނގޫފާރުގެ ފަޅުން، ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކާ ދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެ އިތުރަށް ތިން ހެކްޓަރު، ހިއްކުމުން ފަޅު ތެރޭގައި ހިއްކަން އޮތް އެންމެ ބޮޑަކަށް ހިއްކޭ ކަމަށެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް