
ވޭމަންޑޫގެ ބިން ހިއްކާ ނިންމާލީ އެންމެ 23 ދުވަހުން!
ޒައުޖަތު އަޙުމަދުތ. ވޭމަންޑޫގެ ބިން، އެންމެ 23 ދުވަހުގެތެރޭގައި ހިއްކާ ނިންމާލައިފިއެވެ.
ވޭމަންޑޫގެ ބިން ހިއްކާ ނިމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 12 މާރިޗް 2026 ގައި ކަމަށެވެ.
23 ދުވަހުން ވޭމަންޑޫގެ ބިން ހިއްކައި، 4 އޭ÷ްރީލްގައި ނިންމާފައިވާއިރު، މި މުއްދަތުގެތެރޭގައި ވަނީ 27 ހެކްޓަރުގެ ބިން ބިން ހިއްކައި އެ ރަށުގެ ޗާޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
ވޭމަންޑުއަށް އިތުރު ކުރެވިގެން މި ދިޔައީ 882,693.00 ކިއުމިކް މީޓަރުގެ ސަރަހައްދެކެވެ.
ރާއްޖެއަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި ބިމުގެ ދަތިކަން ހައްލު ކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިންގަމުން އަންނަކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
އަތުންހިފޭ ތަރައްޤީ ހޯދާ ވަރަށް އަތުން ނުހިފޭ ތަރައްޤީ ހޯދަން ވެސް ސަމާލުކަން ދޭންޖެހޭ: ރައީސް 2025 ސެޕްޓެމްބަރު 25
އެއް މަސްކުރިން ސަރުކާރުން ފެށި ކ.ގުޅި ބިންހިއްކުމުގެ މަޝްރޫއުގެ 66% މަސައްކަތް ނިންމައިފި 2025 މޭ 27
އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގެ 68 އިންސައްތަ ނިމިއްޖެ2025 މޭ 08
ގުޅީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި 2025 އޭޕްރީލު 06