logo
logo
އެއް މަސްކުރިން ސަރުކާރުން ފެށި ކ.ގުޅި ބިންހިއްކުމުގެ މަޝްރޫއުގެ 66% މަސައްކަތް ނިންމައިފި

އެއް މަސްކުރިން ސަރުކާރުން ފެށި ކ.ގުޅި ބިންހިއްކުމުގެ މަޝްރޫއުގެ 66% މަސައްކަތް ނިންމައިފި

2025 މޭ 27
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ނިމިދިޔަ އޭޕްރީލް މަހު ސަރުކާރުން ފެށި ކ.ގުޅި ބިންހިއްކުމުގެ މަޝްރޫއުގެ 66% މަސައްކަތް ނިންމައިފި އެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ޑްރެޖިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން މަޝްރޫއުގެ ޖުމްލަ 66 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތާއެކު ގުޅީގެ ބިން ދެ ގުނައަށް އިތުރުވާނެއެވެ. އަދި 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުން ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު މި ރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން މި ރަށުން ބިން ދޫކުރީ 2003 ވަނަ އަހަރުއެވެ. އެއީ އެންމެ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް