
ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ފުރާވަޑައިގަންނަވާނެ!
ޒައުޖަތު އަޙުމަދުޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޯމަދުވަހު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ. ވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ މެހެމާން ދާރީގައި 2024 ވަނަ އަހަރު ރައީސްގެ ދެކަނބަލުން އުމްރާއަށް ވަޑައިގެންނެވިއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙުމަދު މުޙައްމަދު ޢައްޔަނު ކުރައްވައިފި2026 އޭޕްރީލު 05
އިންތިޚާބުތަކުގެ ނަތީޖާއާއެކު ރައީސް މުޢިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް: ޝިޔާމް2026 އޭޕްރީލު 05
އާދީއްތަ ދުވަހާއި ހޯމަ ދުވަހު ސަރުކާރު ބަންދު2026 އޭޕްރީލު 04
ރައީސް އިލްތިމާސްކުރެއްވީ އެންމެންވެސް ވޯޓުލުމުގެ ހައްގު އަދާކުރަން2026 އޭޕްރީލު 04