logologologologo
STO
ޚަބަރު

އިމިގްރޭޝަން ކޮރަޕްޝަން- ޝަމްޢާނު 15 ދުވަހަށް ބަންދުކޮށްފި!

 އިމިގްރޭޝަން ކޮރަޕްޝަން-  ޝަމްޢާނު  15 ދުވަހަށް ބަންދުކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 މާރިޗު 22

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިންގި ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްޢާނު ވަޙީދު 15 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ޝަމްޢާނުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ޙާޟިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ޝަމްޢާނުގެ އިތުރުން މި މައްސަލާގައި މާލޭގެ ގެއެއް ބަލާފާސްކޮށް ހައްޔަރުކުރި 3 މީހުންގެ ބަންދުގެ މުއްދަތު ވެސް ވަނީ ޖަހައިފައެވެ. ފުލުހުން މިރޭ ބުނި އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރުމުން އޭގެތެރެއިން ދެ މީހަކު 10 ދުވަހަށް ބަންދުކުރުމަށާ ދެން ހުރި މީހާ 3 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ހިންގި މި ޚިޔާނާތުގެ މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް މި މަހުގެ 20 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާނު ވަޙީދު ވަނީ ހަމައެރޭ މަޤާމުން ވަކިކޮށްފައެވެ.

ޝަމްޢާނުގެ އިތުރުން އިމިގްރޭޝަންގެ އޮފިސަރުންތަކެއްގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުޙުމަތާ ގުޅިގެން ތަޙުޤީޤު ފުލުހުން ފަށާފައިވާއިރު، ފުލުހުން މިމަހުގެ 21 ވަނަ ދުވަހުގެރޭ ނެރުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޑިޓެންޝަނުގައި ހުރި މީހަކު 530،000 ދިވެހި ރުފިޔާއާއެކު، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާނުގެ އަމުރަށް ދޫކޮށްލިކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ.

އަދި ފަހުން މަގުމަތިން ބައްދަލުކުރުމަށްފަހު އެމީހާގެ އަތުން އެ ފައިސާ އަތުލުމަށްފަހު އިމިގްރޭޝަންގެ އޮފިސަރުންތަކެއް އެ ފައިސާތައް ހިފައިގެން ޝަމްޢާނު ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން، 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މުޙައްމަދު ޝަމްޢާނު ވަޙީދު ދިރިއުޅޭ ގެ ބަލާފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން، އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުން މުޙައްމަދު ޝަމްޢާނު ވަޙީދު ވަކިކޮށް އެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަޙުމަދު ފަޞީޙް، ރައީސުލްޖުމްހޫރިއްޔާ ވަނީ ޢައްޔަނު ކުރައްވައިފައެވެ.

 

 

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް