logologologologo
STO
ޚަބަރު

އުފަންރަށް ފޮނަދޫގައި އިމާމުވެ މިއަދު ހުކުރު ކުރެެއްވީ އަބްދުއްރަހީމް

އުފަންރަށް ފޮނަދޫގައި  އިމާމުވެ މިއަދު ހުކުރު ކުރެެއްވީ އަބްދުއްރަހީމް
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2025 މާރިޗު 14

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު އެމަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އިމާމުވެ، ހުކުރު ކުރައްވައިފި އެވެ.

އެމަނިކުފާނު އިމާމުމެ ހުކުރު ކުރެއްވީ ފޮނަދޫގެ މަސްޖިދުލް ޢުލާގައެވެ. މައުލޫމާތު ލިބިފައިވާގޮތުން އެ މިސްކިތުގެ އިމާމަކީ އެމަނިކުފާނުގެ އެއްމާބަނޑު ކޮއްކޮ އަބްދުލް ކަރީމް އަބްދުالله އެވެ.

އަބްދުއްރަހީމް އަކީ ހުކުރު ކުރެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އެމަނިކުފާނު އިމާމުވެ ހުކުރު ކުރެއްވުން މަދުކޮށްލެއްވީ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރި ވާންފެށުމުންނެވެ.

މިއީ އަބްދުއްރަހީމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އިމާމުވެ، ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މިގޮތަށް ހުކުރު ކުރެއްވީ 2023 ގެ ރިޔާސީ އިންތިހާބުގައި ހއ. އަތޮޅުގެ ރަށެއްގަ އެވެ. ފޮނަދޫގައި އެންމެ ފަހުން އިމާމުވެ، ހުކުރު ކުރެއްވީ 2014 ގައި އެ ދާއިރާގެ މަަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް