ޔާމީނަށް ވެރިކަން ގެއްލުނީ އަނބި ދަށުވީމަ: އަބްދުއްރަހީމް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ގެއްލުނީ އަނބިދަށުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، އަދި ނުލަފާކަމުގެ ސަބަބުން ކަމަށެވެ. އަދި ވެރިކަން ނިމިދިޔައީ ބަސްނޭހުމާއި، ޢަދުލުއިންޞާފު ޤާއިމުނުކޮށް އަނިޔާވެރިވުމާއި، ޚިޔާނާތްތެރިވުމުގެ ސަބަބުން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލުމާއި އަނބިމީހާގެ ދަށުވުމަކީވެސް އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔަ މައިގަނޑު ސަބަބުތައް ކަމުގައި އަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ފަލާޙްއާއި އަބްދުއްރަހީމްއަށް ވޯޓު ދޭނެ މީހުން ނުތިބޭނޭކަމަށް ރައީސް ޔާމީން ވިދާޅުވިނަމަވެސް، އެ ދެބޭފުޅުން ތިއްބެވީ ރައްޔިތުންގެ ވޯޓުން އިންތިހާބުވެ ކުރި ހޯއްދަވައިގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނު ގޭގައި އިންނެވީ އެމަނިކުފާނަށް ރައްޔިތުންގެ ތާޢީދެއް ނެތުމުން ކަމަށާއި، މިއަދު ހަޤީގަތަކީ އެއީ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އިތުރަށް




.gif.gif&w=828&q=100)