ދެވަނަ ދައުރަކަށް ޔާމީން އިންތިހާބުނުވީ ސިޔާސީ ވިސްނުމަކުން ހިސާބު ނުޖެއްސުވެމުން: އަބްދުއްރަޙީމް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވުނީ ސިޔާސީ ވިސްނުމަކުން ހިސާބު ނުޖެއްސެވުމުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "އަރާއިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މުޅި ރާއްޖެ ވަރަށް ރަނގަޅަށް ދިރާސާކުރެއްވި ކަމަށެވެ. އަދި އެ ދިރާސާއަށް ފަހު އިންތިޚާބު ކާމިޔާބު ކުރެއްވުމަށް 18،000 އާއި 20،000 އާ ދެމެދުގެ އަދަދަކަށް ވޯޓު މަދުވާކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށާއި ނަމަވެސް އެ މަނިކުފާނު އެކަން ގަބޫލުފުޅު ނުކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންތިހާބަށް ތިން މަހަށްވީއިރު، ހިސާބު ހަދާފައި ދެންނެވިން 18،000 އާއި 20،000 އާ ދެމެދުގެ ވޯޓު މަދުވެޔޭ. އެކަމަކު އެ ދުވަހު އެކަން ގަބޫލެއް ނުކުރެއްވި. މިކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވެސް ހެކިވާނެ.
މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ އިދިކޮޅުގައި އޮވެ ކުރަންޖެހުނު މަސައްކަތްތަކުގެ ތަޖުރިބާތައް ވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު އިދިކޮޅު ހަރަކާތްތައް ލީޑުކުރައްވައި ނަންގަވަން ޖެހުނު ޒިންމާތަކަކީ ސިޔާސީ ގޮތުން ކުރެވުނު އެންމެ ރަނގަޅު ތަޖުރިބާ ކަމަށް ވިދާޅުވިއެވެ. އަދި އެ ދަނޑިވަޅުގައި ތަފާތު ފިކުރުތަކުގެ މީހުން ގޮވައިގެން އެ މަނިކުފާނު ކުރެއްވި މަސައްކަތަކީ ލާމަސީލު މަސައްކަތެއް ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތައުރީފު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒަކީ ވަރަށް ބޮޑަށް ގައުމީ ވިސްނުމުގައި މަސައްކަތްކުރައްވާ އަދި ގައުމުގެ މުހިންމު އަސާސްތައް ދެމެހެއްޓުމަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)