ކުރިން ކީ ހުރިހާ ޅެމެއް ފަރިއްސަށްވެ ނިމިއްޖެ: އަބްދުއްރަހީމް

ކުރީގެ ތިން ރައީސުން ކަމަށްވާ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުގައި ނުކުންނެވުމުން، އެ ވެރިން ކުރިން ކިޔުއްވިހައި ޅެން ފަރިއްސަށް ވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ކުރީގެ 3 ރައީސުންގެ ވެރިކަންތަކުގައި ފެންމަތިވި ބޮޑެތި މައްސަލަތައް، މިހާރު އެ ވެރީންނަށް ”އޯކޭ“ ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
”ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުން،ދިރާގާ ފެންކުންފުނީގެ ހިއްސާ ވިއްކާލުން، ސުޕްރީމްކޯޓުގެ ތަޅު އެޅުވުން، އަބްދުاللہ ގާޒީ ހައްޔަރުކުރުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް، ސިޔާސީ ލީޑަރުން ހައްޔަރުކުރުން، ކަނޑު ވިއްކާލުން، ވެންޓިލޭޓަރުގެ ވައްކަން. އެމްޑީއެންގެ ރިޕޯޓު، މިހިރަ ހުރިހައިކަމެއް ވެސް މިތިއްބެވި ތިން ރައީސުންނަށް މިހާރު އޯކޭ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ އަދި ކުޑަ މިންވަރެއް ކަމަށާއި، ކުރިން ކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ ކަމުގައެވެ.
”އަމިއްލަ އެދުމުގެ ވެސް މީ އިންތިހާ.“ 3 ރައީސުންގެ ބައްދަލުކުރެއްވުމުގެ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކުރީގެ ތިން ރައީސުން އެކުގައި މަސައްކަތް ކުރުމަށް މިރޭ ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ.
އެ ތިން ބޭފުޅުން މިރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ގައުމުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ގާތްގަނޑަކަށް ބައިގަޑިއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމަށްފަހު އާންމުކުރި ބަޔާނުގައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ފާޑުވިދާޅުވެފައެވެ.
އިތުރަށް





.gif.gif&w=828&q=100)