
މާލޭގައި އުޅޭ ކޮތަރުތަކަށް ޖެހުނު ބައްޔަކީ އިންސާނުންނަށް ނުރައްކާކުރާ ބައްޔެއްނޫން : ދިރޭތަކެއްޗާބެހޭ ވުޒާރާ
ޒައުޖަތު އަޙުމަދުމާލޭގައި އުޅޭ ކޮތަރުތަކަށް ޖެހުނު ބައްޔަކީ އިންސާނުންނަށް ނުރައްކާކުރާ ބައްޔެއްނޫން ކަމަށް ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ގިނަ އަދަދަކަށް ކޮތަރު މަރުވަމުން ދާތީ އެކަމުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ކުރި ތަހުލީލުތަކުން، ކޮތަރުތަކަށް ޖެހިފައިވާ ބައްޔަކީ އިންފެކްޝަސް ކޮރައިޒާ ކަމަށް ދެނެގަނެވިފައިވާ ކަމަށާ އެ ބައްޔަކީ ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ.
އެ ވުޒާރާއިން ބުނީ އެ ބަލި ޖެހެނީ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށާ ދޫންޏަށް މިބަލި ޖެހުމުން ނޭފަތުން ފެންއައިސް ކެއްސާ ނޭވާލާން އުނދަގޫވެ ބޮލާއި މޫނު ދުޅަވެ، ކެއިން ބުއިމަށް އުނދަގޫވާ ކަމަށެވެ.
އަދި ދޫނިތަކަށް ޖެހުނު މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ އެ ބައްޔަކީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް ނެތް ބައްޔެއް ނަމަވެސް ރައްކާތެރި ގޮތަކީ މަރުވެފައި ނުވަތަ ބަލިވެފައިވާ ކޮތަރުތަކާ ކުޑަކުދިން ކައިރި ނުވުމާއި ބޮޑެތި މީހުން ވެސް އެފަދަ ދޫނީގައި އަތްލައި ހިފައި ހަދާނަމަ ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުން ކުރުން ކަމަށެވެ.
މާލޭގެ ޖުމްހޫރީ މައިދާނުގައާއި ރަސްފަންނު އަދި އާޓިފިޝަލް ބީޗުގައި ގިނަ އަދަދަކަށް ކޮތަރު ގޮސް އުޅެއެވެ. މީގެ ތެރެއިން ބައެއް ކޮތަރުތައް މަރުވެގެން ވެއްޓިފައި ނުވަތަ ބަލިވެގެން އުދުއްސާ ނުގަނެވި މަގުމަތީގައި ތިބޭ މައްސަލަތައް ފާހަގަ ވެފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެތެރޭގައި ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ރޯދަ މަހަށް ޚާއްސަ، ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް ބައިވެރިވޭ2026 ފެބްރުއަރީ 15
އުތުރުގެ 12 ރަށެއްގައި ގްރީންހައުސް ޤާއިމުކޮށްފި2025 ޖުލައި 06
ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދައިފި!2025 ޖޫން 17
މާލެގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޖަމްޢިއްޔާތަކާއެކު މަޝްވަރާކޮށްފި!2025 މޭ 11