ރޯދަ މަހަށް ޚާއްސަ، ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް ބައިވެރިވޭ

ރޯދަ މަހަށް ޚާއްސަ، ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް ބައިވެރިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނީ، އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ބައިވެރިވެފައިވާ ކަމަށެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެ ކަމަށެވެ.
ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމް ކުރާ މި މާރުކޭޓް، 17 ވަނަ ދުވަހަށް ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.
މި މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ. އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފަެވެ.
އިތުރަށް





.gif.gif&w=828&q=100)
