ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ރައީސް ނިންމަވާފައިވާތީ ރީޑިން ނަގަން ތައްޔާރުވެއްޖެ

ފާއިތުވި 2 އަހަރެކޭ އެއްފަދައިން މިއަހަރުވެސް ރޯދަމަހު ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ރައީސް ނިންމަވާފައިވާތީ ރީޑިން ނަގަން ސްޓެލްކޯއިން ތައްޔާރުވެއްޖެއެވެ.
ސްޓެލްކޯއިން ބުނީ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް 2026 ފެބުރުވަރީ 16 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށެވެ.
އެކުންފުނިން ވަނީ މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އެއްބާރުލުން ދެއްވުމަށް އެދިފައެވެ.
ރޯދަމަހު ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ދިނުމުގެ އިތުރުން ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް އެމަނިކުފާނުގެ ސަރުކާރުން ކޮންމެ ރޯދަމަހަކު ކުރަމުން އަންނަ ކަމެއްކަން ފާހަގަ ކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
