logologologologo
STO
ޚަބަރު

ރައީސް އޮފީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޢަބްދުﷲ ޝަރީފު އަވަހާރަވެއްޖެ

 ރައީސް އޮފީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޢަބްދުﷲ ޝަރީފު އަވަހާރަވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 02

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޢަބްދުﷲ ޝަރީފު އަވަހާރަވެއްޖެއެވެ.

ޢަބްދުﷲ ޝަރީފު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމުގެ ހިތާމަ ފާޅުކުރައްވާ އެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

އެމަނިކުފާނު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ ޢަބްދުالله ޝަރީފު އަވަހާރަވީ ޚަބަރު އެމަނިކުފާނު އަޑުއެއްސެވީ ވަރަށްފުން ހިތާމައާއެކުގައި ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު 2023ވަނަ އަހަރު ޙާޞިލުކުރައްވައިފައިވާ، ޢަބްދުﷲޝަރީފު، 41އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، 34އަހަރަށްވުރެ ދިގުމުއްދަތެއްގައި، ޚިދުމަތްކުރައްވާފައިވާ ކަމަށެވެ.

 

View post on Twitter

 

ޢަބްދުﷲ ޝަރީފް ފާހަގަކުރެވިފައި ވަނީ، ވަރަށް ހިންގުންތެރި އަދި ވަރަށް އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި، މަސައްކަތުގެ އަޚުލާޤު ހިފެހެއްޓެވި ބޭފުޅެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޢަބްދުالله ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ މަރްޙޫމަށް ހެޔޮ ދުޢާ ކުރައްވައިފައެވެ.

ޢަބްދުﷲ ޝަރީފު އަވަހާރަވީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި މާލޭގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް