logologologologo
STO
ޚަބަރު

ރޯދަމަހު ދުވާލު ކައިގެން 2 މީހަކު ހައްޔަރުކޮށްފި!

ރޯދަމަހު ދުވާލު ކައިގެން 2 މީހަކު ހައްޔަރުކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ފެބްރުއަރީ 19

ރޯދަމަހު ދުވާލު ކައިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި ރޯދަމަހު ދުވާލު ގަޑީގައި މަގުމަތީގައި ކައިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ ޖަވާހިރުމާގެ، ރާއިފް ޢަލީ (25 ) އާއި އައްޑޫ ސިޓީ ފޭދޫ ޔެލޯ ހައުސް، މުޙައްމަދު ޝިއުނީޒް (41) އެވެ.

ރަމަޟާންމަހު ދުވާލު އާންމު ތަންތަނުގައި ކެއުމަކީ ޤާނޫނީ ކުށެކެވެ.

މި 2 މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ރާއިފްގެ ބަންދަށް 7 ދުވަސް އަދި ޝިއުނީޒްގެ ބަންދަށް 5 ދުވަސް ކޯޓުން ވަނީ ދީފައެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރާއިފް ހައްޔަރު ކުރީ މަގުމަތީގައި ޗުއިންގަމް ކައިގެންނެވެ.

ޝިއުނީޒް ހައްޔަރު ކުރި މައްސަލައިގެ ތަފްސީލު އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މި 2 މީހުންގެ ވެސް ހައްޔަރުގެ ރެކޯޑް އޮންނަކަން ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.

 

MALDIVE GASAllied Insurance
އިތުރަށް