ރާއްޖޭގެ ރުއްތަކަށް ބަލިޖައްސާ ސޫފިތައް ނައްތާލުމަށް "ޤުދުރަތީ ހަތުރު" ހަނިމާދޫގައި އާލާކުރަނީ!

ރުއްތަކަށް ބަލިޖައްސާ ސޫފިތައް ނައްތާލުމަށް "ޤުދުރަތީ ހަތުރު" ހަނިމާދޫގައި އާލާކުރަމުން އަންނަކަމަށް ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާބެހޭ ވުޒާރާއިން ބުނެފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ ޗައިނާއާއި އެ ވުޒާރާއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެދަށުން ތަންފީޒުކުރެވެމުންދާ ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް ޕްރޮޖެކްޓުގެދަށުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރެސިޓޮއިޑް ރިއަރިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ އެންމެ ފުރަތަމަ އިސްކަމެއްދެވިގެން ހިސްޕިޑް ބީޓްލް ކޮންޓްރޯލްކުރުމަށް ޕެރެސިޓޮއިޑް (ޤުދުރަތީ ހަތުރު) އާލާކުރުމަށް ކުރެވޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގެދަށުން ޗައިނާއިން މިހާރު ޕެރެސިޓޮއިޑް ނުވަތަ ޤުދުރަތީ ހަތުރު ގެނެސްފައިވާ ކަމަށް ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.
މިފަދަ ޤުދުރަތީ ޙައްލެއްގެ ސަބަބުން ޕެސްޓް ކޮންޓްރޯލްކުރުމުގެ މަސައްކަތްތައް، ތިމާވެއްޓާއި ރައްޓެހިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
"މިވުޒާރާގެ އުންމީދަކީ މިފަދަ ޕްރޮޖެކްޓުތަކުން، ރާއްޖޭގެ ރުށްތަކަށް ތަފާތު ބަލިތަކާއި ޕެސްޓުތަކުން ލިބެމުންދާ ގެއްލުންތަކަށް ދެމެހެއްޓެނިވި ޙައްލެއް ލިބިގެންދިއުމެވެ." ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުންޏެވެ.
ހަނިމާދޫގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ބައްލަވާލެއްވުމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުވެސް ދާދިފަހުން އެތަނަށް ޒިޔާރަތް ކުރައްވާ ބައެއް މަޢުލޫމާތު ވަނީ ހިއްސާކުރައްވައިފައެވެ.
ޗައިނާ ސަފީރު ވިދާޅުވި ގޮތުގައި ޗައިނާގެ ހައިނާން އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ތިން ޕީ.އެޗް.ޑީ މާހިރުން، މިދިޔަ ޖަނަވަރީ މަހުން ފެށިގެން ގެންދަވަނީ ހަނިމާދޫގައި "ޕެރަސައިޓިކް ވޯސްޕް" އާލާކުރާނެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ސަފީރު ވިދާޅުވީ މީގެ ތެރެއިން "ޕިއުޕަލް ޕެރަސައިޓޮއިޑްސް" އަދި "ލާވަލް ޕެރަސައިޓޮއިޑްސް" ކާމިޔާބުކަމާއެކު އާލާވަމުންދާކަން އެނގުމަކީ ވަރަށް އުންމީދީ ކަމެކެވެ. ތިމާވެއްޓާ ރައްޓެހި މި ގޮތަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަމުން، ރުއްތައް ރައްކާތެރިކުރުމަށް އެޅޭ ދެމެހެއްޓެނިވި ފިޔަވަޅެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)
