ޚަބަރު
ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

މުހައްމަދު ރިފާއު2026 ޖުލައި 22
ހދ. ހަނިމާދޫ ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހދ. ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު 2026 ޖުލައި 21 ވަނަ ދުވަހުގެ ރޭ ދަންވަރު 00:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
މި ހާދިސާގައި ލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، ފަޅުވެރިޔާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ނަމަވެސް، ކެޕްޓަނަށް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. މި ހާދިސާގައި ލޯންޗު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިތުރަށް

ރާއްޖޭގެ ރުއްތަކަށް ބަލިޖައްސާ ސޫފިތައް ނައްތާލުމަށް "ޤުދުރަތީ ހަތުރު" ހަނިމާދޫގައި އާލާކުރަނީ!
12 އޭޕްރީލު 2026

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ރައީސް ނިންމަވައިފި
30 ޑިސެމްބަރު 2025

ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ވިޔަފާރިތައް އުތުރުގެ ރައްތަކަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއް: ރައީސް
9 ނޮވެމްބަރު 2025

އުތުރުގެ ތަރައްގީގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި
9 ނޮވެމްބަރު 2025

.gif.gif&w=828&q=100)