
އުތުރުގެ ތަރައްގީގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ އުޅުމާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ އަދި އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު މިއީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓުގެ ކުރިމަތީގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްުޔަތުން އެޤައުމުގެ ސިވިލް އެވިއޭޝަން މިނިސްޓަރ ކިންޖަރަޕޫ ރާޕް މޯހަން ނައިޑޫއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސަރުކާރުގެ ވަޒީރުންނާއި، ބޮޑުތިލަދުންމަތީގެ އެކި ރަށްރަށަށް ނިސްބަތްވާ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމާއެކު، ކުލަގަދަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިރަސްމިއްޔާތުގެ ތެރެއިން ވަނީ ހަވާ އެރުވުމާއި ލައިޓް ޝޯވއެއް ކުރިއަށްގެންގޮސްފަައެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. އަދި އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މި އޭޕްރަންގައި އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ. 2465 މީޓަރުގެ ދިގު ރަންވޭއަކާއި، އެއަރ ޓެރެފިކް ކޮންޓްރޯލް ޓަވަރަރާކާއެކު މުޅިން އައު ކާގޯ ޓާމިލަނެއް މިއެއަރޕޯޓުގެ ވަނީ ތަރައްގީކޮށްފައެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ވިޔަފާރިތައް އުތުރުގެ ރައްތަކަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއް: ރައީސް 2025 ނޮވެމްބަރު 09
ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހަނިމާދޫ އެއާޕޯޓު މިރޭ ހުޅުވަނީ 2025 ނޮވެމްބަރު 09
ހަނިމާދޫގައި 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތާއި އޭޓީއެމްގެ ޚިދުމަތް ފަށައިފި2025 އޯގަސްޓު 25
ހަނިމަދޫ އެއާޕޯޓް ނޮވެންބަރުގައި ހުޅުވަނީ2025 އޯގަސްޓު 25