
ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ވިޔަފާރިތައް އުތުރުގެ ރައްތަކަށް ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތެއް: ރައީސް
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާ އެކު، މި ލިބުނީ ރަނުގެ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި މިއީ ދިވެހި ވިޔަފާރިތައް ރާއްޖޭގެ އެންމެ އުތުރަށް ފުޅާކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އިންޓްރނޭޝަނަލް އެއާޕޯޓް ޒަމާނީކޮށް، އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައިވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަދު މި ހުޅުވީ ހަމައެކަނި އެއާޕޯޓެއް ނޫން ކަމަށާއި ހދ. އަތޮޅާއި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ މައި ދޮރޯށި ކަމަށެވެ.
"މިއަދު މި ހާސިލްވެގެން ދަނީ ރާއްޖޭގެ ތަރައްގީގައި ހާއްސަކޮށް ރާއްޖޭގެ އެންމެ އުތުރުގެ ދެމެހެއްޓެނިވި ތަރައްގީގެ އެންމެ ބޮޑު އެއް ކާމިޔާބީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނީމާދޫ އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަކީ އުތުރުގެ ޓޫރިޒަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ، އިޖުތިމާއީ ކުރިއެރުމާއި އަދި ތަރައްގީގެ ކުރިއެރުމަށް މަގުފަހިވާނެ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ޓޫރިޒަމް ވިޔަފާރި އެންމެ އެކަށީގެންވާ މިންވަރަށް އަދި ނެތް ނަމަވެސް، ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވައުދުވި ގޮތަށް އުތުރުގައި ޓޫރިޒަމް ފުޅާކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން، ހއ އާއި ހދ އަދި ށ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އެ އަތޮޅުގެ ފަޅުތައް އިންވެސްޓަރުންނަށް ކުއްޔަށް ދެވޭނެ ލުއިގޮތަށް ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ރާއްޖޭގެ ތަރައްގީ އަށް މިވަރުގެ މުހިންމު ބިޔަ މަޝްރޫއެއް ހިންގުމަކީ ރާއްޖެ އާއި އިންޑިއާގެ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށްދޭން ކަމުގެ ރަމްޒެކެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދު އުނިވާގޮތަށް އިޞްލާޙުކުރި ޤާނޫނަށް ޢަމަލު ކުރަންފަށައިފި2025 ޑިސެމްބަރު 06
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޒަކާތުގެ ބިލު ތަސްދީޤު ކުރައްވައިފި2025 ޑިސެމްބަރު 06
އެސްޓީއޯއިން 23 ބާވަތެއްގެ ކާބޯތަކެތި އެތެރެކުރަން ފެށީ ތަކެތީގެ އަގު ހެޔޮކުރަން: ރައީސް2025 ޑިސެމްބަރު 05