logologologologo
STO
ޚަބަރު

ޔާމީން ވެރިކަމުގައި ހިންގީ މެޑަމް އޮފީސް، މިއަދު ހިންގަނީ ޕާޓީ އޮފީސް: ޝުޖާއު

ޔާމީން ވެރިކަމުގައި ހިންގީ މެޑަމް އޮފީސް، މިއަދު ހިންގަނީ ޕާޓީ އޮފީސް: ޝުޖާއު
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 06

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮތް އިރު ޕީޕީއެމްގެ އޮފީސް ނުހިންގާ ކަމަށާއި، އޭރު ހިންގީ "މެޑަމް އޮފީސް" ކަމަށް އަދި މިހާރު ހިންގަނީ ޕީއެންސީގެ ޕާޓީގެ އޮފީސް ކަމަށް ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ޕީއެންސީން އއ.އުކުޅަހުގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝުޖާއު ވިދާޅުވި ވާހަކައިން ދޭހަވަނީ ރައީސް ޔާމީން ސަރުކާރުގައި އޭރު ޕާތީ ހިންގުމުގެ ކަންކަމުގައި އަދި ސަރުކާރު ހިންގުމުގެ ކަންކަމުގައި އޭރުގެ ފަސްޓްލޭޑީ ފާތިމަތް އިބްރާހިމް ވަރަށް ބޮޑަށް ވަދެވަޑައި ގަންނަވާ ކަމަށެވެ. އަދި ޕާޓީ ހންގަންވީ ގޮތްވެސް ނިންމަވަނީ އެކަމަނާ ކަމަށް ޝުޖާއުގެ ވާހަކައިން ދޭހަވެ އެވެ.

2018 ވަނަ އަހަރު ޔާމީންއަށް ވެރިކަން ގެއްލުނީ ވެސް މެޑަމް ފާތުންގެ ސަބަބުން ކަމަށް ވެސް ބައެއް ފަރާތްތަކުން އޭރުވެސް ތުހުމަތު ކުރަމުން ދިޔައެވެ.

އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުރި ކަމަށެވެ. އެއީ ހަމައެކަނި ރައީސް ޔާމީންގެ މަސައްކަތްޕުޅެއް ނޫން ކަމަށާއި، އެއީ މިހާރު ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ރައީސް ޔާމީން އެކަނި ކުރި މަސައްކަތަކުން ނޫން. އަޅުގަނޑުމެން މިއޮތީ ސީނިއާ ޓީމް. އަޅުގަނޑުމެން އެ މަސައްކަތްކުރީ. ރައީސް ޔާމީން އިންނެވީ ގިނަ ރޭރޭ ތާސްކުޅުއްވުމުގައި ތަންކޮޅެއް ބިޒީކޮށް." ޔާމީންގެ ދައުރުގައި ކަން ހިނގި ގޮތް ސިފަކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭރުވެސް މުޅި ސިސްޓަމް ހިންގީ ހައުސިން މިނިސްޓްރީގެ ތެރެއިން ކަމަށާއި، ރައީސް މުއިއްޒަކީ އޭރުވެސް 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށެވެ.

މާލޭގެ މޭޔަރުކަން ރައީސް މުއިއްޒަށް ކާމިޔާބު ކުރެއްވުނީވެސް، ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތްތައް ކުރެއްވީ އެމަނިކުފާނުކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު ވަނީ ރައީސް މުއިއްޒު ގައުމުގެ ތަރައްގީއަށް ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވައިފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް