logologologologo
STO
ޚަބަރު

މާލެގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޖަމްޢިއްޔާތަކާއެކު މަޝްވަރާކޮށްފި!

މާލެގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޖަމްޢިއްޔާތަކާއެކު މަޝްވަރާކޮށްފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 މޭ 11

މާލެ ސަރަހައްދުގައި އުޅޭ ބުޅާތަކުގެ މައްސަލައިގައި އެކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި އެކު ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މަޝްވަރާކޮށްފިއެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގައި ބޭއްވި މި މަޝްވަރާގައި، މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅެމުންދާ ބުޅާތަކުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން ކުރެވުނު މަޝްވަރާގެތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ގިނަވެ އާންމު އުނދަގުލަކަށް ވެފައިވުމުން އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި "އޮޅުހިޔާ" އިތުރަށް ތަރައްޤިކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައްވެސް ޖަމިއްޔާތަކާއި ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ކަމާއި ގުޅުހުންހުރި ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ބައިވެރިއެވެ.

މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތައް ގިނަވެ އާންމުންނަށް އުނދަގޫވަމުން އަންނާތީ ބުޅާތައް ބަލަހައްޓަން "އޮޅުހިޔާ" ގެ ނަމުގައި ހުޅުމާލޭގައި މި ސަރުކާރުން ވަނީ މަރުކަޒެއް ގާއިމުކޮށްފައެވެ. މި މަރުކަޒުގައި މިހާރު ވެސް ބުޅާ ބަލަހައްޓަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

MALDIVE GASAllied Insurance
އިތުރަށް