logo
logo
އޮޅުހިޔާގައި މި ވަގުތު 122 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން  ބުނެފި!

އޮޅުހިޔާގައި މި ވަގުތު 122 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށް ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނެފި!

2025 އޯގަސްޓު 03
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އޮޅުހިޔާގައި މި ވަގުތު 122 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތުވެސް އޮޅުހިޔާގައި 122 ބުޅާ ތިބި ކަމަށެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން އޮޅުހިޔާ ހިނގަން ފަށައިގަނެވުނުއިރު، އެތަނުގައި ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތްކަމަށާ ކޭޖްތައް ތައްޔާރުކޮށް ފުރަތަމަ އެ ފެސިލިޓީއަށް ގެންދިޔައީ 15 ބުޅާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަރަންޓީން ގެ ކެޕޭސިޓީ އިތުރުކުރުމަށް އިތުރު 70 ކޮށި ތައްޔާރުކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.

މިވަގުތު ކަރަންޓީނު ގައި ތިބީ އެއްމެ ފަހުން ނެގުނު 28 ބުޅާ ކަމަށާ ކަރަންޓީން ކުރެވޭ ކެޕޭސިޓީ އިތުރުކުރުމުން އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށްފަހު ކަރަންޓީނު ކުރާ ސަބަބަކީ މަގުތަކުން ގެންނަ ބުޅާތަކަކީ އެކި ބަލިތަކާއި ރޯގާތައް ޖެހި، އަދި އެކި ވަރުގެ އަނިޔާތައް ލިބިފައި ތިބޭ ބުޅާތަކެއް ކަމަށްވާތީ ކަމަށެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ބުނީ އެ ވުޒާރާގެ އަމާޒަކީ ހުރިހާ ބުޅާތައް ގެނެސް ކޮށިތަކަށް އަޅާލުން ނޫންކަމަށާ އެސޮރުމެންނަށް ލިބެންޖެހޭ އަޅާލުމާއި ބޭސްފަރުވާވެސް ފުރިހަމަކޮށް، އެސޮރުމެން ބެލެހެއްޓުން ކަމަށެވެ.

އޮޅު ހިޔާއަކީ މަގުމަތީގައި އުޅޭ ބުޅަލުގެ ސަބަބުން ރަށުތެރެއާއި މަގުތައް ހަޑިވެ ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓުމަށް ޤާއިމުކުރި ތަނެކެވެ. އޮޅުހިޔާ ހުޅުވައިދެއްވީ 2024 ވަނަ އަހަރު ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް