ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދައިފި!

ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދައިފިއެވެ.
ރާއްޖޭގައި ކާނާގެ ޔަޤީކަން އިތުރުކުރުމުގެ ގޮތުން ހިންގާ މަޝްރޫޢުގެ ތެރެއިން ހަނިމާދޫގައި ބަނބުކެޔޮ ގަސް އިންދުމުގެ ޙަރަކާތުގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވަނީ އެރަށުކައުންސިލަށް 50 ގަސް ހަދިޔާކޮށްފައެވެ.
ބަބުކެޔޮ ގަސްތައް އިންދުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު، އެ ޙަރަކާތުގައި ވަޒީރު މާރިޔާ ބަނބުކެޔޮ ގަސް އިންދަވައިދެއްވިއެވެ.
މި ޙަރަކާތުގައި ވަޒީރުގެ އަރިހުގައި އެ ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިނެވިއެވެ. އަދި ހަނިމާދޫ ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި ކާނާގެ ޔަގީންކަން (ފުޑް ސެކިޔުރިޓީ) އިތުރުކުރުމަކީ ރާއީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެހެންކަމުން ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ރަށްރަށުގެ ކައުންސިލްތަކާއި، ކަމާއިގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.
އިތުރަށް





.gif.gif&w=828&q=100)
