
މިފްކޯގެ ސީއީއޯއަކަށް ފަރުޙަތު ސަޙީރު އައްޔަނުކޮށްފި!
ޒައުޖަތު އަޙުމަދުމިފްކޯގެ ސީއީއޯއަކަށް ފަރުޙަތު ސަޙީރު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިރޭ ބުނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމަށް މއ. އަޅިވިލާގެ، ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަންކޮށްފައި ވާކަމަށެވެ.
މި މަޤާމަށް ފަރުޙަތު އައްޔަނު ކުރައްވާފައި މި ވަނީ އެ މަޤާމުގައި ހުންނެވި ޔޫކްރެއިންގެ ރައްޔިތެއް ކަމަށްވާ ޑރ. ވިޓާލީ ލިއުބިމޮވް، މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރގެ މަޤާމުން ، މިމަހުގެ 3 ވަނަ ދުވަހު ވަކިކުރެއްވުމަށްފަހުގައެވެ.
ޑރ. ވިޓާލީ މިފްކޯއާ ހަވާލުވީ މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
މިފްކޯގެ ތެރޭގައި ކަރަޕްޝަން ވަރަށް ބޮޑަށް އަށަގަނެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މިފްކޯގެ ތެރޭގައި ފެތުރިފައިވާ ކޮރަޕްޝަން މުލުން ލުހެލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ބޭރު ޤައުމެއްގެ ބޭފުޅެއް މިފްކޯގެ ސީއީއޯއަކަށް އައްޔަނު ކުރެއްވީ ވެސް ކޮރަޕްޝަން ނައްތާލުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ނަމަވެސް 3 މަސް ދުވަސް ފަހުން ޑރ. ވިޓާލީ ކުއްލިގޮތަކަށް ވަކި ކުރެއްވި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
ފަރުޙަތު ސަޙީރުއަކީ ކުރިން ސިފައިންގެ ޚިދުމަތުގައި އިސްމަޤާމުތަކެއް ފުރުއްވި އަދި އޭގެފަހުން އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯކަން ވެސް އަދާކުރެއްވި ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ދައުލަތުގެ 3 ކުންފުނީގެ މެނޭޖިން ޑިރެކްޓަރުން މަޤާމުން ވަކިކޮށްފި!2026 އޭޕްރީލު 06
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ2026 މާރިޗު 17
ބޮޑު ކަންނެލި މަސްވެރިންނަށް ވެސް މިހާރު 48 ގަޑިއިރުތެރޭ ބަރާބަރަށް ފައިސާ ލިބޭ!2026 ފެބްރުއަރީ 21
އަމިއްލަ ކުންފުނިތަކުން ރިޖެކްޓްކުރާ ކުދި ސައިޒުގެ ކަންނެލި ވެސް މިފްކޯއިން ގަންނަންފަށައިފި!2026 ޖެނުއަރީ 21