logo
logo
މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ

މަސްވެރިންނަށް ކުރިއެކޭ ވެސް އެއް އަގެއްގައި ތެޔޮ ލިބޭނެ: މިފްކޯ

2026 މާރިޗު 17
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިއެކޭ އެއްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައުމާ ގުޅިގެން، މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ވިއްކާ ޑީސަލުގެ އަގަށްވެސް ބަދަލު ގެނެސްފައި ވެއެވެ.

މިފްކޯއިން މިއަދު ވިދާޅުވީ، އެސްޓީއޯގެ ނިންމުން މުރާޖައާކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ، މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލާއެކު، މާރިޗް ފަސް ވަނަ ދުވަހުގައި މިފްކޯއިން އިޢުލާންކުރި އަގުތައް ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެގޮތުން:

  • މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 16.54ރ.
  • ތިން ޓަނަށްވުރެ އިތުރަށް ކިރާ ނަމަ، ޑީސަލް ލީޓަރެއް 16.04ރ.
  • އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 17.54ރ. އަށް ލިބޭނެއެވެ.

މިފްކޯއިން ވިދާޅުވީ، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މި ބަދަލަކީ މިދަނޑިވަޅުގައި މަސްވެރިންނަށް ވީހާވެސް ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް