logologologologo
STO
ވިޔަފާރި

މިފްކޯގެ ހުރިހާ ސެންޓަރުތަކުން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި

މިފްކޯގެ ހުރިހާ ސެންޓަރުތަކުން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 07

މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ. މި އަގާއެކު މިފްކޯއިން މަސް ގަންނަ އަގު މިހާރު ވަނީ އަމިއްލަ ކުންފުނިތަކުން (ޕްރައިވެޓް ސެކްޓާ) މަސް ގަންނަ އަގުތަކާ އެއްވަރު ކުރެވިފައެވެ.

ވައުދާ އެއްގޮތަށް އަގު ހިފެހެއްޓުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ 16 ރުފިޔާއަށްވުރެ ދަށްނުވާނެ ހެން މަސް ގަންނަ އަގު ހިފެހެއްޓުމެވެ. މިފްކޯއިން ބުނީ ސަރުކާރުގެ ވައުދާ އެއްގޮތަށް މިހާތަނަށް އަމަލުކުރަމުން ގޮސްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، މިއީ މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ މައްޗަށް ޖެއްސި ފުރަތަމަ ފަހަރު ނޫންކަން އޮފިޝަލް ފާހަގަކުރެއްވިއެވެ. މާކެޓް އަގަށް އަންނަ ބަދަލުތަކާ ގުޅިގެން މީގެ ކުރިން ވެސް ބައެއް ދުވަސްވަރު 17 ރުފިޔާއަށް މަސް ގަނެފައިވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް އެއީ އާންމުންގެ ސަމާލުކަމަށް މާ ބޮޑަށް އަންނަ ބަދަލުތަކެއް ނޫނެވެ.

މަސްވެރިންނަށް ސީދާ ފައިދާ

މިފްކޯއިން ޔަގީންކަން ދޭ ގޮތުގައި މިހާރު މަސްވެރިކަން ދަށްވެފައިވާ ދަނޑިވަޅެއްގައި އަގު 18.50 ރުފިޔާއަށް މަތިކުރުމުން، ބާނާ މަސްކޮޅަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިންނަށް މީގެ ސީދާ ފައިދާ ވަރަށް ބޮޑަށް ކުރާނެއެވެ.

ކުންފުނިން މަސް ގަންނަ އަގުތަކަށް މި ގެނައި ހެޔޮ ބަދަލަކީ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް