logologologologo
STO
ޚަބަރު

މިފްކޯގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކޮށްފި

މިފްކޯގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 30

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން މިރޭ ބުނީ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް، ގއ. ދެއްވަދޫ / ދޭލިޔާގެ، މުޙައްމަދު އަނަސް ވަނީ 30 އެޕްރީލް 2026 ވަނަ ދުވަހުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

އަނަސް މިއަދާއި ހަމައަށް ހުންނެވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ ގެ ރައީސްގެ މަގާމުގައެވެ. އޭނާ ވަނީ މިއަދު އެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، މ. ފައިޒާ، މުޙައްމަދު ނިޒާރު ޢައްޔަންކުރައްވައިފައެވެ.

ވިޔަފާރި އަދި ހިންގުމުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖުރިބާ ހާސިލުކުރައްވާފައިވާ މުޙައްމަދު ނިޒާރު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރެއްވި މިއީ ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށްވެސް އެމަނިކުފާނު ހުންނެވީ އެ ބޯޑުގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ އިސް މަޤާމުތަކުގައި، 14 އަހަރު ޚިދުމަތްކުރައްވާފައެވެ.

 

 

ޕީސީބީގެ ރައީސްގެ މަޤާމަށް އަނަސް ޢައްޔަނު ކުރީ 2025 ގެ މާރިޗު މަހުގެ ތެރޭގައެވެ.

މިފްކޯގެ އެމްޑީގެ މަޤާމުގައި ކުރިން ހުންނެވި ފަރުޙަތު ސަހީރު އެ މަޤާމުން އިސްތިޢުފާދެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GASAllied Insurance
އިތުރަށް