logologologologo
STO
ވިޔަފާރި

މަސްވެރިންނަށް ބޮޑު ލުޔެއް: މިފްކޯގެ ސެންޓަރުތަކުން ދެން ކްރެޑިޓަށް ތެޔޮ ނެގޭނެ

މަސްވެރިންނަށް ބޮޑު ލުޔެއް: މިފްކޯގެ ސެންޓަރުތަކުން ދެން ކްރެޑިޓަށް ތެޔޮ ނެގޭނެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 11

މަސްކިރުވުމަށްފަހު އަތުން ވަގުތުން ފައިސާ ދައްކަން ނުޖެހި، ކްރެޑިޓަށް ތެޔޮ އެޅޭނެ ލުއިފަސޭހަ އިންތިޒާމެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގުޅިގެން މިއަދު ތަޢާރަފުކޮށްފިއެވެ.

މިކަމަށްޓަކައި މިފްކޯގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް އާއި އެފްއެސްއެމްގެ މެނޭޖިންގ ޑައިރެކްޓަރ ފާޠިމަތު އާޝާންއެވެ.

އައު އުސޫލުން މަސްވެރިންނަށް ލިބޭނެ ފައިދާތައް:

  1. ވަގުތުން ފައިސާ ދައްކަން ނުޖެހުން: މަސްވެރިން މިފްކޯއަށް މަސްކިރުވުމަށްފަހު ލިބޭ ބިލު ދެއްކުމުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުންނަ ސެންޓަރުތަކުން ދޯންޏަށް ތެޔޮ އަޅައިދެވޭނެއެވެ.
  2. މަސްފައިސާއިން ތެޔޮބިލު އުނިކުރުން: އަޅާ ތެލަށްވާ ފައިސާ ކަނޑާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ދޫކުރާ މަސްފައިސާގެ ތެރެއިންނެވެ.
  3. ޚިދުމަތް ލިބޭނެ ތަންތަން: ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދުން ފެށިގެން މި ޚިދުމަތް ލިބެން ހުންނާނެއެވެ.

މިއީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އެކި ސެންޓަރުތަކަށް ކުރެއްވި ޒިޔާރަތްތަކުގައި މަސްވެރިންގެ ފަރާތުން ހުށަހެޅުނު އެންމެ ބޮޑު އެއް އެދުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ޢަމަލީސިފަ އައި މި ނިންމުމުގެ ސަބަބުން، މަސްވެރިންނަށް ތެޔޮ ގަތުމުގައި ދިމާވާ މާލީ ތަދުމަޑުކަމަށް ބޮޑު ހައްލެއް ލިބި، މަހަށް ފުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް