ވިޔަފާރި
ޖުލައި މަހު މަސްވެރިންނަށް 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މުހައްމަދު ރިފާއު2026 އޯގަސްޓު 02
ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް 49.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު ޖުމްލަ 822 އުޅަނދަކަށް 49,759,961 (ސާޅީސް ނުވަ މިލިއަން ހަތް ލައްކަ ފަންސާސް ނުވަ ހާސް ނުވަ ސަތޭކަ ފަސްދޮޅަށް އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
ނިމިދިޔަ މަހު ޖުމްލަ 2,474.8 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކަޅުބިލަމަސް: 539 ދޯނިން ކިރުވި 2,400.4 ޓަނުގެ ކަޅުބިލަމަހަށް ޖުމްލަ 47,959,840 (ސާޅީސް ހަތް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް) ރުފިޔާ ދޫކޮށްފައިވެއެވެ.
- 10 ކިލޯއިން މަތީގެ ބޮޑުކަންނެލި: 98 ދޯންޏަކުން ކިރުވި ކަންނެލިއަށް 234,100 (ދެ ލައްކަ ތިރީސް ހަތަރު ހާސް އެއް ސަތޭކަ) ރުފިޔާ ޖަމާކޮށްދީފައިވެއެވެ.
- 15 ކިލޯއިން މަތީގެ ބޮޑުކަންނެލި: 185 ދޯންޏަކުން ކިރުވި ކަންނެލިއަށް 1,566,021 (އެއް މިލިއަން ފައްސަތޭކަ ފަސްދޮޅަށް ހަ ހާސް އެކާވީސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުން މިހާރު ދަނީ އެ ވައުދާ އެއްގޮތަށް މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫކުރަމުންނެވެ.

.gif.gif&w=828&q=100)



