logologologologo
STO
ޚަބަރު

ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި

ފަސްމީރުގެ ތަފާތު ރަހަތައް ހިމެނޭ ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 29

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު “ފަސްމީރު” ބްރޭންޑުގެ ތަފާތު ރަހަތައް ހިމެނޭހެން ޚާއްސަ ހަދިޔާ ޕެކެއް ތަޢާރަފުކޮށްފިއެވެ.

މި ޕްކޭޖަކީ އާއިލާ އާއި ރަހުމަތްތެރިންނަށް ހަދިޔާކުރުމަށާއި، ދިވެހިވަންތަ ކަނޑުމަހުގެ މީރު ރަހަތައް އެހެން ފަރާތްތަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.

މިފްކޯއިން ބުނި ގޮތުގައި ޖުމުލަ 12 މަސްދަޅު ހިމެނޭ މި ހަދިޔާ ޕެކްގައި ފަސްމީރު ބްރޭންޑުގެ 4 ރަހައެއް ހިމެނެއެވެ. އެއީ:

ކަނޑުމަސް ގިތެޔޮ މިރުހާއެކު

ކަނޑުމަސް ލުނބޮޔާއި މިރުހާއެކު

ކަނޑުމަސް އަސޭމިރުހާއެކު

ކަނޑުމަސް ހިކި މިރުހާއެކު

ކޮންމެ ވައްތަރަކުން 3 ދަޅު ހިމެނޭ މި ޕެކޭޖަކީ އަގުގެ ގޮތުން ބަލާއިރުވެސް ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމަށާއި އެގޮތުން ވަކިވަކިން މަސްދަޅު ގަންނަން ލިބޭ އަގަށްވުރެ ހެޔޮ އަގެއްގައި، މި ހަދިޔާ ޕެކް މިހާރު 221ރ. އަށް ލިބެން ހުންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ބޭނުން ފަރާތަކަށް ހަދިޔާގެ ގޮތުގައި ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މިޕެކޭޖުގެ ފަރުމާގައި ހަދިޔާ ލިބޭ ފަރާތުގެ ނަންވެސް ޖަހައިލެވޭނެއެވެ. މިއީ ދަތުރުފަތުރު ކުރާއިރު ފޮއްޓަށް ނުވަތަ ދަބަހަށް ލައިގެން ފަސޭހައިން އުފުލޭނެހެން ތައްޔާރުކޮށްފައިވާ ޕެކެކެވެ.

މިފްކޯގެ މި އާ އުފެއްދުމާއެކު، ފަސްމީރުގެ ތަފާތު މީރު ރަހަތައް އެއް ޕެކޭޖަކުން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ކަސްޓަމަރުންނަށް ފަހިވެފައެވެ.

ފަސްމީރު ބްރޭންޑުގެ ފެންވަރު ރަގަޅު އުފެއްދުންތަކުގެ އެކި ރަހަތައް ހިމެނޭހެން ތަޢާރަފުކުރި މި ހަދިޔާ ޕެކަކީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، އައު އީޖާދުތަކާއެކު ފެންވަރު މަތީ އުފެއްދުންތައް ފޯރުކޮށްދިނުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ބޭނުމަކީ ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އިތުބާރު ދެމެހެއްޓުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފަސްމީރުގެ މީރު ރަހަތައް ހިމެނޭ މި ހަދިޔާ ޕެކް، މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކުން މިހާރު ލިބެން ހުންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް