logologologologo
STO
ޚަބަރު

އެގްރޯނެޓް މިފްކޯގެ ދަށަށް، ލީޑަރޝިޕް ބަދަލުކޮށްފި

އެގްރޯނެޓް މިފްކޯގެ ދަށަށް، ލީޑަރޝިޕް ބަދަލުކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 05

އެގްރޯނެޓްގެ ލީޑަރޝިޕް މިފްކޯއިން ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނީ ސަރުކާރުގެ ނިންމެވުމާ އެއްގޮތްވާ ގޮތުގެ މަތިން، މިފްކޮގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ބަދަލުކުރުމާ ގުޅިގެން، އެ ކުންފުނީގެ އައު ލީޑަރޝިޕް މިފްކޯގެ ބޯޑުން އައްޔަންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެގްރޯނެޓްގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިފްކޯގެ ސީއީއޯ މުހައްމަދު އަނަސް އެވެ.

އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މުޙައްމަދު ސިނާންއެވެ.

މިފްކޯއިން ވަނީ އެގްރޯނެޓްގެ އާ ލީޑަރޝިޕަށް މަރުހަބާ ކިޔާފައެވެ. އަދި އެގްރޯނެޓްގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ކުރިއެރުމަށް އެހީތެރިވުމަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް އެ ކުންފުންޏާއެކު ގާތުން މަސައްކަތްކުރުމަށް އުންމީދުކުރާ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މީގެ އިތުރުން، މިފްކޯއިން ވަނީ މަގާމުތަކާ ހަވާލުވެވަޑައިގެންނެވި މުޙައްމަދު އަނަސް އަދި މުޙައްމަދު ސިނާނަށް ކާމިޔާބީއަށް އެދިވަޑައިގެން، މިއީ އެގްރޯނެޓަށް ފެށުނު އައު ބާބެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް