ރައީސްގެ ވައުދު ރަނުން ރަނަށް ފުއްދަވައިފި، 22 ރުފިޔާއަށް މަސް ގަނެ 48 ގަޑިއިރު ތެރޭ މިހާރު ފައިސާ ލިބޭ

މިފްކޯއިން މިއަދު މަސް ގަތް އަގަކީ 22 ރުފިޔާ ކަމަށް އެކުންފުނިން ބުނެފި އެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި 7 ބަނދަރަކުން 22 ރުފިޔާގެ ރޭޓުން މަސް ގަންނާނެ އެވެ. އެއީ:
- ފެލިވަރު ފިޝަރީޒް ކޮމްލެކްސް
- ކޫއްޑޫ ފިޝަރީޒް ކޮމްލެކްސް
- އައްޑޫ ފިޝަރީޒް ކޮމްލެކްސް
- ގދ. ތިނަދޫ ބަނދަރު
- ހއ. އިހަވަންދޫ ބަނދަރު
- ކ. ކަނޑުއޮތްގިރި ބަނދަރު
- މ. މުކަލު ބަނދަރު
ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތް އިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދީ 200 އެއްތައް މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތެވެ. ރައީސް މުއިއްޒު ވަނީ އެ ދައްކާ ހަލާސްކޮށް އޭގެ އިތުރުން 48 ގަޑިއިރުތެރޭ މަސްވެރިންނަށް ގަވާއިދުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.
22 ރުފިޔާއަށް މަސް ގަންނަ އަގު ބޮޑުކޮށްފައިވާއިރު މިއީ މިފަހުގެ ތާރީހުގައި ގަވާއިދުން ފައިސާ ދެމެން އެންމެ ރަނގަޅު ރޭޓެއް މަސްވެރިންނަށް ދިން ފަހަރެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، މަސްވެރިން އެދޭ ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެންވެސް ކުރަމުންގެންދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންކަމަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތު އެކަމަކަށް ފައްކާވުމާ ގުޅިފައި އޮތް ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ބޭރުގެ ފަރާތްތަކުގެ އެހީއާއެކު ކުރިއަށްގެންދެވޭ މަޝްރޫއުތަކާއި ސީދާ ދިވެހި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިމެނޭކަން ހުރިކަމަށް ވެސް ރައިސް ވިދާޅުވެފައި ވެއެވެ.
މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށާއި މަސްވެރިކަމުގެ ސިނާއަތް ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދެއްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އިތުރަށް



.webp&w=3840&q=100)

.gif.gif&w=828&q=100)