logologologologo
STO
ޚަބަރު

މިފްކޯގެ ސީއީއޯ ފަރުޙަތު އިސްތިޢުފާދެއްވައިފި

މިފްކޯގެ ސީއީއޯ ފަރުޙަތު އިސްތިޢުފާދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޭޕްރީލު 12

ދައުލަތުގެ މަސްކުންފުނި މިފްކޯގެ ސީއީއޯ ބޔރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ފަރުޙަތު ޝަހީރު މިއަދު އިސްތިޢުފާދެއްވައިފިއެވެ.

ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ފަރުޙަތު އެ މަޤާމަށް އައްޔަނު ކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހުގެތެރޭގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަރުޙަތު މިއަދު އިސްތިޢުފާ ދެއްވީ މިފްކޯގެ އިސްވެރިންގެ ޚާއްޞަ ބައްދަލުވުމެއްގައެވެ.

ފަރުޙަތު މަޤާމުން އިސްތިޢުފާދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ފަރުޙަތު މަޤާމުން އިސްތިޢުފާ ދެއްވިކަމަށް މަޢުލޫމާތު ފެތުރުނު ނަމަވެސް ސަރުކާރުގެ ކަމާބެހޭ އިދާރާ ޕީސީބީން މިކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފަރުޙަތުގެ ކުރިން އެ މަޤާމުގައި ހުރީ ސްވިޒަރލޭންޑަށް ނިސްބަތްވާ މީހެކެވެ.

މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާއިރު މިފްކޯއިން އަންނަނީ މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުތެރޭގައި ފައިސާ ދެމުންކަން ފާހަގަ ކުރެވެއެވެ. އަދި މިއީ ފާއިތުވި އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ.

 

MALDIVE GASAllied Insurance
އިތުރަށް